ގދ. ގައްދޫގައި އަންހެނަކަމަށް ޖިންސީ ގޯނާ ކޮށްފި އެވެ.
18 އަހަރުގެ އަންހެނަކަށް އެރަށުގައި ޖިންސީ ގޯނާކޮށްގެން ފުލުހަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
މި މައްސަލައިގައި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ދިވެހި ފިިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވާކަމަށެވެ. އެއީ 28 އަހަރުގެ މީހެކެވެ.
މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



