ޒިހްނަތު ހަސަން
ޒިހްނަތު ހަސަން އަކީ ނޫސްވެރިކަމުގެ ދާއިރާއަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ފުންނާބު އުސް ނޫސްވެރިއެކެވެ. 2006 ވަނަ އަހަރުން ފެށިގެން 12 އަހަރު ވަންދެން ޒިހްނަތު މަސައްކަތް ކުރީ ދައުލަތުގެ މީޑިއާ "ޕީއެސްއެމް" ގެ އެގްޒެކެޓިވް އެޑިޓަރެއްގެ މަޤާމުގައެވެ. 2 އަހަރު ވަންދެން މީޑިއާ ކައުންސިލް ގެ މެމްބަރުކަންވެސް ކޮށްފައިވާ ޒިހްނަތުއަކީ ނޫސްވެރިކަމުގެ ދާއިރާގައި އެންމެންވެސް ދަންނާނެ ނަމެކެވެ.