ރިހާކުރު ފޮޅި އަކީ ދިވެހިންގެ ސުފުރާއާ ވަރަތް ގާތް އެހާމެ މީރު ކާނާ އެކެވެ. އަދި ހާއްސަކޮށް ރޯދަމަހު އެއެއް ނުކައި ރޯދަ މަސް ފުރިހަމަ ނުވާނެ ހަދާލަން ފަސޭހަ ކާނާއެކެވެ.
ވީމާ މިއަދު މި ގެނެސްދެނީ ރިހާކުރު ފޮޅި ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެކެވެ.
ބޭނުންވާނެ ތަކެތި:
ބޮޑު ފިޔާއެއް
¼ ސައި ސަމުސާ ގާނާފައި ހުރި އިނގުރު
½ ލުނބޯ
5 ހިކަނދި ފަތް
1 ގިތެޔޮ މިރުސް
1/3 ޖޯޑު ގާނާފައި ހުރި ހުނި
½ ޖޯޑު މުރަނގަ ފަތް
½ ޖޯޑު ހަނޑޫ ފުށް
½ ޖޯޑު އާދައިގެ ފުށް
½ ޖޯޑު ރިހާކުރު
¼ ސައި ސަމުސާ ރީނދޫ
½ސައި ސަމުސާ ދިރި
1 މަސް ދަޅު
3 ބިސް
¼ ޖޯޑު ފެން
½ ސައި ސަމުސާ ލޮނު (އިޚްތިޔާރީ)
ތައްޔާރު ކުރާނެ ގޮތް:
1- ފިޔާ، ގިތެޔޮ މިރުސް އަދި ހިކަނދިފަތް ތުނިކޮށް ކޮށާލާށެވެ.
2- ކޮށާލި ފިޔާ، ގިތެޔޮ މިރުސް އަދި ހިކަނދިފަތް ލުނބޯ ޖަހާލުމަށް ފަހު ރަނގަޅަށް މޮޑެލާށެވެ.
3- ދެން ގޭނި ހުނިކޮޅު، ރީނދޫ، ދިރި، އިނގުރު އެއްކޮށްލުމަށް ފަހު މަސްދަޅު އަޅާ މޮޑެލާށެވެ.
4- ރިހާކުރު، އަދި މުރަނގަފަތް އެޅުމަށް ފަހު ސަމުސަލެއް ބޭނުން ކޮށްގެން ރަނގަޅަށް ގިރާލާށެވެ.
5- ދެން އިތުރު ބޯތަށަޓަކަށް ހަނޑޫ ފުށް، އާދައިގެ ފުށް އެޅުމަށް ފަހު ބިސް އަދި ފެން އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
6- އެއަށް ފަހު ހުރިހާ އެއްޗެއް އެއްކޮށް އެއްކޮށްލާ، ރަނގަޅަށް ގިރާލާފައި ލޮނު ހެޔޮވަރުކޮށްލާށެވެ.
7- އަދި ތަވައަށް ކުޑަ ތެޔޮކޮޅެއް އަޅައި ހޫނު ކޮށްލުމަށް ފަހު، އެކު ކުރި ބައިން ދެ ސައި ސަމުސާ އަޅާލުމަށް ފަހު ސަމުސަލެއް ބޭނުންކޮށްގެން ވަށްކޮށް ތަވާ މަތީގައި ފަތުރާލާށެވެ.
8- ފޮޅި ރަނގަޅަށް ފިހެވުމުން، ބިސްގަނޑެއް ޖަހާ ފަދައިން ދެފަރާތަށް ޖަހާލާށެވެ. ފޮޅި ތަވައިން ނަގާފައި އެކު ކުރި ބައި ހުސްވަންދެން މިގޮތަށް ފޮޅި ހަދަމުން ގެންދާށެވެ.




