ރޯދަ މަހުގެ ރޭތައް އިޙުޔާކުރުމަަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސްއިން ބާއްވާ ސިލްސިލާ އިހުޔާ ފޯރަަމްތަކުގެ ތެރެއިން ފުރަތަމަ ފޯރަމް ހުކުރުދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
ޕީއެންސީން ބުނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމަށް ޕީއެންސީން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމުގެ ފުރަތަމަ ފޯރަމް މާދަމާ ރޭ 21:30 ގައި އޮންނާނެ ކަމަށެވެ.
އެ ފޯރަމުގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ޕީއެންސީން ވަނީ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައެވެ.
ޕީއެންސީގެ އިހްޔާ ފޯރަމް ކުރިއަށްދާއިރު، އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކުވެސް އާންމުކޮށް ބާއްވަމުން އަންނަ އިހްޔާ ފޯރަމްތަކުގެ ސިލްސިލާ މިއަހަރުވެސް ދަނީ ކުރިއަށެވެ. މިގޮތުން މި ރަމަޟާން މަހުގައި އެންމެ ފުރަތަމަ ބޭއްވުނު ފޯރަމްގައި ތަގުރީރުކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ސައީދު އެވެ.
މި ފޯރަމް އޮންނާނީ، ކޮންގްރެސް ހައުސް (ހ. ވެޔޮވިލާ / އާޓިފިޝަލް ބީޗް ކުރިމަތި) ގައެވެ.




