މިއަދު ސައުވީސް ސުފުރާއިން ގެނެސްދޭން މިއުޅެނީ ޗިލީ ޗިކަން އަދި ޗިލީ ސޮސެޖް ކަހަލަ ކާނާގެ ބާވަތްތަކާއި އެކު ކާލަން މީރު ބަތުގެ ބާވަތެއްގެ ރެސިޕީއެކެވެ.
ބޭނުންވާނެ ތަކެތި:
– 2/3 ޖޯޑު ނުކައްކާ ބާސްމަތީ ހަނޑޫ
– 1/3 ޖޯޑު ފެން
– ¾ ސައި ސަމުސާ ލޮނު
– 2 މޭޒުމަތީ ސަމުސާ ކޮށާފައިވާ ލޮނުމެދު
– 2 ފެހި މިރުސް
– 2 މޭޒުމަތީ ސަމުސާ ބަޓަރ
– ¼ ސައި ސަމުސާ މުގުރި އަސޭމިރުސް
ހަދާނެ ގޮތް:
1- އެންމެ ފުރަތަމަ ހަނޑޫ ކޮޅު ރީއްޗަށް ދޮވެލާށެވެ.
2- އެއަށް ފަހު ފޭނާއި ލޮނު ކޮޅެއް އަޅާލައި ގަދަ ގިނީގައި 7 މިނިޓު ވަންދެން ކައްކާލާށެވެ. 7 މިނިޓު ހަމަވުމުން، މަތި ޖެހުމަށް ފަހު މަޑު ގިނީގައި 8 މިނިޓު ވަންދެން ކައްކަަލާށެވެ.
3- ދެން ލޮނުމެދާއި، ފެހި މިރުސް ކުދިކޮށް ކޮށައި، ބަޓަރކޮޅު އެއްކޮށްލުމަށް ފަހު ރަތްވަންދެން 3 މިނިޓު ވަންދެން ރޯ ފިލުވާލާށެވެ.
4- އެއަށް ފަހު ލޮނު ކޮޅަކާއި، އަސޭމިރުސް ކޮޅު އަޅާލާފައި ރަނަގަޅަށް އެއްކޮށްލާށެވެ.
5- އެންމެފަހު ކަމަކަށް ކެއްކި ބަތް ކޮޅު މީރުކޮށްލި ތަކެތީގެ ތެރެއަށް އަޅާލައި ރަނގަޅަން އެއްކޮށްލާށެވެ.



