މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން 43 ދޯންޏަކަށް ތިން މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން އެކްސްގައި ހިއްސާ ކުރި ޕޯސްޓުގައި ބުނި ގޮތުގައި މާރޗް 5 ގައި މިފްކޯގެ މަސްކިރާ ސެންޓަރުތަކަށް ގެނެސްފައިވާ މަހަށް، އިއްޔެ ހެނދުނު 10:30 އާއި މެންދުރު 12:30 އާ ދެމެދު ފައިސާ ޖަމާކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މީގެއިތުރުން، އެހެނިހެން ބޭންކުތަކަށް ކުރަންޖެހޭ ފައިސާގެ މުއާމަލާތްތައްވެސް ވަނީ ފުރިހަމަކޮށްފައިކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިފްކޯގެ އިން ބުނީ، ފަސް ވަނަ ދުވަހު ޖުމްލަ 43 މަސްދޯނިން މަސް ވިއްކާފައިވެއެވެ. އަދި މި ދޯނިތަކަށް ޖުމްލަ 4,849,822.12 ރުފިޔާ ދޫކުރެވިފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
މިފްކޯއަށް ކިރާ މަހަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުތެރޭ ފައިސާ ދެމުންދާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
މަސް ކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.



