ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ޤުރުއާން މުބާރާތެއް ފަށައިފިއެވެ.
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނީ މި މުބާރާތުގެ މަޤްޞަދަކީ ކީރިތި ޤުރްއާން ބާވައިލެއްވި ބަރަކާތްތެރި ރަމަޟާންމަހު ކުދިންނާއި މުވައްޒަފުންގެ ހިތުގައި ދީނީ ރޫޙް އާލާކުރުން ކަމަށެވެ.
މިގޮތުން މި މުބާރާތް ކުރިއަށް ދާނީ، 5 އަހަރާއި 7 އަހަރާ ދެމެދާއި، 7 އަހަރާއި 10 އަހަރާ ދެމެދާއި 10 އަހަރާ 13 އަހަރާ ދެމެދާއި، 13 އަހަރުން މަތި، އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކެޓަގަރީއާއި، މުވައްޒަފުންގެ ބައި ހިމެނޭހެން ޖުމްލަ 6 ކެޓަގަރީއަކަށެވެ.

މި މުބާރާތުގައި ގިނަ އަދަދެއްގެ ކުދިންނާއި މުވައްޒަފުންވަނީ ބައިވެރިވެފައެވެ.




