ޔޫތު މިނިސްޓްރީ އަދި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށް ބާއްވާ ”ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025“ ފަށައިފިއެވެ.
މި ފެސްޓިވަލްގައި އޮންލައިން އަދި އޮފީސް ގޭމިންގ މުބާރާތްތައް ބާއްވާއިރު މީގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ އަދި ޓެކެން ފަދަ ގޭމްތައް ހިމެނެއެވެ.
ކޮންމެ ގޭމެއްގެ 1 ވަނައަށް އަންނަ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ދެވަނައަށް 3000 ރުފިޔާ ލިބިގެންދާއިރު ތިންވަނައަށް އަންނަ 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 12 އިން 14 އަށެވެ.


