ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ މުސްލިމް ރައްޔިތުންނަށް ހާއްސަކޮށްގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޓެމިލް ބަހުން ހާއްސަ ދަރުހެއް ބާއްވައިފިއެވެ.
މިދަރުސް މިއަދު ދެއްވާފައިވަނީ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ. ދަރުސް ދެއްވީ އައްޝައިޚް މުރުޝިދު މުލައްފާރުއެވެ.
މި ދަރުސްގައި ސްރީލަންކާގެ ގިނަ ރައްޔިތުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އިސްލާމިކް ވުޒާރާއިން ބުނިގޮތުގައި މިއީ ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ މުސްލިމުން ދީނަށް ހޭލުންތެރިކަން އިތުރުކޮށް، ދީނީ ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަަށް ގެންދެވުނު ދަރުހެކެވެ.
މީގެ ކުރިންވެސް އިސްލާމިކް ވުޒާރާއިން ވަނީ އެކި ގައުމުތަކުގެ ރައްޔިތުންނަށް ހާއްސަކޮށް އެ ގައުމުތަކުގެ ބަހުން ދަރުސްތައް ކުރިއަށް ގެންގޮސްފައެވެ.



