މިރޭ މެންދަމު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާގެ 8 ޓަވަރަކުން ފެން ކެނޑިދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިރޭ މެންދަމު 12 އިން ފެށިގެން ފަތިހު 4 ޖެހުމާ ދެމެދު އެ ޓަވަރުތަކުން އެކި ވަގުތުތަކުގައި ފެން ކެނޑިދާނެ ކަމަށާއި އެއީ އެ ވަގުތު ފެނުގެ ނެޓްވޯކްގެ މަރާމާތުގެ މަސައްކަތެއް ހިނގާތީ ކަމަށެވެ.
ފެން ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނީ ހިޔާ ޓަވަރު 9، 10، 11، 12، 13، 14، 15، އަދި 16 އިންނެވެ.
އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީ އިން ވަނީ މައާފަށް އެދިފައެވެ.




