ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރަމުން އަންނަ ކްރޫޒްލައިނާއެއް ކަމަށްވާ، ”އެމްއެސް ކްރިސްޓަލް ސިންފަނީ“ އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.
މިއީ މި އަހަރު އެ ކްރޫޒްލައިނާ ރާއްޖެއަށް ޒިޔާރަތް ކުރި ދެވަނަ ފަހަރެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއިން އައި އެމްއެސް ކްރިސްޓަލްސިމްފަނީގައި ތިބި 307 ފަސިންޖަރުންނާއި 477ފަޅުވެރިންނަށް ސީޕޯޓް ޑިވިޝަންގެ އޮފިސަރުން އެން ރޫޓް ކްލިއަރެންސްގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.

”އެމްއެސް ކްރިސްޓަލް ސިންފަނީ“ މިއަދު ރާއްޖެ އައިސްފައިވާއިރު، މި ބޯޓު އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
މިއަހަރުގެ ތެރޭގައި 7 ކްރޫޒްލައިނާ ވަނީ ރާއްޖެ އައިސްފައެވެ.




