އިމިގްރޭޝަންގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންނަށް އަމާޒުކޮށް ’ހަވީރީ ކުއިޒް‘ ގެ ނަމުގައި މާލޭގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިމިގްރޭޝަނަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ކުޑަ ކުދިންނަށް ހާއްސަ ހަރަކާތެއް މާލޭގައި ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
އަދި މިހަރަކާތް ކުއިޒެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިރު، މި ކުއިޒްގައި އިމިގްރޭޝަނާ ގުޅުންހުރި ސުވާލުތައް ކުދިންނާ ކޮށްފައިވެއެވެ. އަދި ރަނގަޅު ޖަވާބު ދިން ކުދިންނަށް އިމިގްރޭޝަނުން ވަނީ އިނާމެއް ދީފައެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ކުޑަކުދިންނާއެކު ކުރިއަށްގެންދެވުނު މި ހަރަކާތަކީ ވަރަށް ހަނދާނީ އަދި ހާއްސަ ހަރަކާތެއް ކަމަށެވެ.
އިމިގްރޭޝަންގެ އަހަރީ ދުވަސް ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހަކީ 24 މާރިޗް އެވެ.




