މިއަދު ސައުވީސް ސުފުރާގައި މި ގެނެސްދެނީ ވަރަށް މީރު ބުއިމެއް ތައްޔާރުކޮށްލާނެ ގޮތެވެ.
މިއީ ގޭގައި ވަރަށް ފަސޭހައިން ތައްޔާރުކުރެވޭނެ، ރަމަޟާން މަހުގެ ރޯދަވީއްލުމަށް ތައްޔާރުކުރެވިދާނެ ފަދަ މީރު ފިނި ބުއިމެކެވެ.
ބޭނުންވާ ތަކެތި:
- 6 ތަށި ފެން 8 ޓީބޭގް (ކަޅު ސައި)
- 10 މޭޒުމަތީ ސަމުސާ ހަކުރު
- ¼ ތަށި ގްރީން ލީވްސް ބްލޫބެރީ ސިރަޕް
- 3 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް
- 4 އައިސްކިއުބް (ކޮންމެ ތަށްޓަކަށް)
- ވަށްކޮށް ކަފާފައިވާ ލުނބޯ ފޮތި (ކޮންމެ ތަށްޓަކަށް)
- މިންޓް ފަތް (ކޮންމެ ތަށްޓަކަށް)
ތައްޔާރުކުރާނެ ގޮތް:
1- މި ބުއިން ތައްޔާރުކުރުމަށް އެންމެ ފުރަތަމަ 6 ތަށި ފެން ކައްކާ، ފެން ކެކެން ފެށުމުން 8 ޓީބޭގް އަޅައި 5 މިނެޓަށް ބެހެއްޓުމަށްފަހު ޓީބޭގްތައްނަގާލާށެވެ.
2- އޭގެ ފަހުން ސައިތެރެއަށް 10 މޭޒުމަތީ ސަމުސާ ހަކުރު އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު ސައި ފިނިވާން ދޫކޮށްލަންވާނެއެވެ.
3- ސައި ފިނިވުމުން ޕިޗަރަކަށް އަޅައި، ބްލޫބެރީ ސިރަޕް އަދި ލުނބޯ ޖޫސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި މި ވަގުތު ސައިގެ ރަހަ ބަލައި، އިތުރަށް ހަކުރު ނުވަތަ ލުނބޯ ޖޫސް ބޭނުންވާނަމަ އެޅިދާނެއެވެ.
4- ދެން މި މިކްސްޗަރ 2 ގަޑިއިރަށް ފިނިކޮށްލުމަށްފަހު، ބޭނުންކުރާ ތަށިތަކަށް އައިސްކިއުބް އަދި ލުނބޯ ފަޅި އަޅައި، ފިނިކޮށްފައިވާ ބްލޫބެރީ ސައި އަޅާށެވެ.
އަދި އެންމެ ފަހު ފިނިޝިންގ ޓަޗްގެ ގޮތުގައި މިންޓް ފަތް އަދި އިތުރު ލުނބޯ ފަޅިއެއް އަޅައި ޒީނަތްތެރިކުރެވިދާނެއެވެ.



