އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ބޯންމައުތު ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ.
ބޯންމައުތުގެ ދަނޑުގައި ކުޅުނު މި މެޗުގައި މެންޗެސްޓަރ ސިޓީން ވަނީ ފަހަތުން އަރާ 2-1 އިން މޮޅުވެފައެވެ.
މި މޮޅުވުމާއެކު ސިޓީ ސެމީ ފައިނަލްގައި ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓާއެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ބޯންމައުތުގެ އެވަނިލްސަން ޖެހި ލަނޑާއެކު، 2016 އިން ފެށިގެން ފުރަތަމަ ފަހަރަށް ސިޓީއަށް މުޅި ސީޒަނުގައި އެއްވެސް މުހިންމު ތައްޓެއް ނުލިބުމުގެ ނުރައްކާ ކުރިމަތިވިއެވެ. މި ނުރައްކާ އިތުރަށް ބޮޑުވީ ސިޓީގެ ސްޓްރައިކަރު ހާލަންޑްގެ ޕެނަލްޓީ ކިކް ގޯލްކީޕަރު އަރިޒަބަލަގާ ހުއްޓުވުމުންނެވެ. އޭގެ އިތުރުން، ސިޓީއަށް ލިބުނު އިތުރު ދެ ފުރުސަތު ވެސް ބޭކާރުވެގެން ދިޔައެވެ.
އެހެންނަމަވެސް ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓުގެ ތެރޭގައި ހާލަންޑް ވަނީ ލަނޑު ޖަހައި މެޗު އެއްވަރުކޮށްފައެވެ.
އޭގެ ފަހުން އަނިޔާވެގެން ހާލަންޑް ދަނޑުން ބާލައި، ބަދަލުގައި ކުޅެން އެރި އިޖިޕްޓުގެ ކުޅުންތެރިޔާ މަރްމޫޝް ވަނީ ސިޓީގެ ވިނިންގް ލަނޑު ޖަހައިދީފައެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތަށް ކުޅޭނީ އަންނަ އޭޕްރިލް މަހުގައެވެ.



