އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާން އާއި އުދިނޭސީ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން އިންޓާއިން ކާމިޔާބުކޮށްފިއެވެ.
މިމޮޅާއިއެކު އިންޓާ އޮތީ 3 ޕޮއިންޓުގެ ތަފާތަކާއެކީ ސެރިއާގެ ތާވަލުގެ އެއްވަނައިގައެވެ.
އިންޓާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުން ވަރަށް ވާދަވެރި ކުޅުމެއް ދައްކާފައިވާއިރު، ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކުރަމުން ގޮސްފައިވަނީ އިންޓާއިންނެވެ. އަދި މެޗުގެ ފެށުންވެސް ރަނގަޅުވެގެން ދިޔައީ އިންޓާއަށެވެ.
އެގޮތުން މެޗު ފެށިގެން 12 ވަނަ މިނެޓުގައު މާކޯ އަނޯޓޮވިޗް ވަނީ އިންޓާއަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ.
މެޗުގެ 29 ވަނަ މިނެޓުގައި އިންޓާގެ ޑޭވިޑް ފްރެޓޭސީ ވަނީ އިތުރު ލަނޑެއް ޖަހައި އެޓީމުގެ ލީޑު 2-0 އަށް ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ ބާކީ އޮތް ވަގުތުގައި އިތުރު ލަނޑެއް ނުޖެހުނު ނަމަވެސް، ދެޓީމަށްވެސް ލަނޑުޖެހުމުގެ ރަނގަޅު ޗާންސްތަކެއް ލިބިފައިވެއެވެ.
އުދިނޭސީގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 71 ވަނަ މިނެޓުގައި އޮމާ ސޮލެޓްއެވެ.
ސެރިއާގެ ތާވަލުގައި އުދިނޭސީ އުޅެނީ 40 ޕޮއިންޓާއެކު 10 ވަނައިގައެވެ.



