މިރޭ އަލިފާން ރޯވި ”ހޮޅުދޫ ބޯޓުން“ މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، ނުފެނިގެން ހޯދަމުން ދަނީ ލ .މާވަށު އުމުރުން 25 އަހަރުގެ އަލީ މުޝްރިގް ނަމަކަށް ކިޔާ ޒުވާނެއް ކަމަށާއި އަދި އެނާ ލައިގެން ހުރީ ނޫކުލައިގެ ޖޯޒީއެއް ކަމަށް ބޯޓުގައި ދެންއުޅުނު މީހުން ބުނާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ލ. މާވަށުގައި ދުއްވާ ”ހޮޅުދޫ ބޯޓު“ ގައި ރޯވީ ހިރިލަންދޫއިން ފުރައިގެން މާލެ ދަނިކޮށް ތ. ކަނޑޫދޫ ކައިރިން ކަމަށެވެ.
މި ބޯޓު ދަތުރަށްފުރީ ކެޕްޓަން އާއި، 11 ދިވެހިންނާއި، 7 ބިދޭސީންނާއިއެކު ކަމަށާއި، އަދި 17 މީހުން ސަލާމަތްކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.



