ކޮޕާ ޑެލްރޭ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ އެތުލެޓިކޯ ބަލިކޮށް ބާސެލޯނާއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެތުލެޓިކޯގެ އަމއްލަ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. ރޭ ގެ މެޗު ނިމުނީ 1-0 ގެ ނަތީޖާއިންނެވެ. ބާސާ ފައިނަލަށް ދަތުރުކުރީ 5-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބާސާއަށް މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް އެވެ. މިއީ ލަމީން ޔަމާލް ދިން ރީތި ބޯޅައަކުން ޓޮރޭސް ކާމިޔާބުކުރި ލަނޑެކެވެ.
އިތުރު ލަނޑު ޖަހަން ބާސާއަށް ފުރުސަތުތަކެއް ލިބުނުއިރު، ނަތީޖާ އެއްވަރުކުރަން އެތުލެޓިކޯ އިން ވެސް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.
ބާސާ އަކީކޮޕާ ޑެލްރޭ އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމެވެ. އެޓީމު ވަނީ މި މުބާރާތް 31 ފަހަރު ކާމިޔާބުކޮށްފަ އެވެ.
ފައިނަލްގައި ބާސާ ބައްދަލުކުރާނީ ރެއާލް މެޑްރިޑާ އެވެ. ފައިނަލް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.



