ސިފައިންގެ ޚިދުމަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އެމްއެންޑީއެފް ކޯސްޓްގާޑްގެ ސްޓާފް ސާޖަންޓް ޢަލީ ނަޝީދު (ސނ: 2324) ނިޔާވެއްޖެއެވެ.
ސްޓާފް ސާޖަންޓް ޢަލީ ނަޝީދު ނިޔާވީ، ސިނކުޑީގައި ޓިއުމަރެއް އުފެދި، ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ އައިޖީއެމް ހޮސްޕިޓަލްގައެވެ.
ސްޓާފް ސާޖަންޓް ޢަލީ ނަޝީދު ނިޔާވި އިރު، ސިފައިންގެ ޚިދުމަތުގައި 30 އަހަރާއި، 8 މަހާއި، 19 ދުވަސް ވަނީ ހޭދަކުރައްވާފައެވެ. އަދި ކެންސަރު ބައްޔަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަމުން ގެންދާތާ މިހާރު ތިން އަހަރު ވެއްޖެއެވެ.
ސްޓާފް ސާޖަންޓް ޢަލީ ނަޝީދަކީ ކޯސްޓްގާޑުގެ މާލިމީންނާއި ނެވީންގެ އިރުޝާދާއެކު އެ ޚިދުމަތުގައި ކުރިއަށް ދިޔަ ޒުވާނެކެވެ.
ސްޓާފް ސާޖަންޓް ޢަލީ ނަޝީދު ނިޔާވި އިރު، އަނބިކަނބަލަކާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.




1 Comment
މާތް ﷲ މަރުހޫމްގެ ފުރާނައަށް ސުވަަރުގެ މިންވަރު ކުރައްވާށި. އާމީން