އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން އޭނަ މާލެ ގެނެސް މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގަ އެވެ.
އުމުރުން 31 އަހަރުގެ އެ މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި ހާލު ދެރަވުމާއި ގުޅިގެން މިހާތަނަށް އޮތީ ވެންޓިލޭޓަރުގަ އެވެ.
އޭނަގެ ހާލު ކުރިއަށް ވުރެ ރަނގަޅު ވުމާއި ގުޅިގެން ވެންޓިލޭޓަރުން މިހާރު ނަގާފައިވާ ކަމަށާއި، އެހެންނަމަވެސް އަދިވެސް އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެް އައިޖީއެމްއެޗުން ބުންޏެވެ.
މި ހާދިސާގައި އެ މީހާގެ އަންހެނުން ވެސް ވަރަށް ބޮޑަށް ފިހި، އައިޖީއެމްގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31ވަނަ ދުވަހު ވަނީ ނިޔާވެފަ އެވެ.
ދެމަފިރިންގެ ކޮޓަރީގައި ރޯވި މި ހާދިސާ ފުލުހުން ތަހުގީގު ކުރަމިން އަންނަ އިރު، އެ ހާދިގާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.




