އިމިގްރޭޝަންގެ ރަސްމީ މަސައްކަތުގެ ގަޑިއަށް ބަދަލު ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އޮފީހުގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސަރވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމަށްވާ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މާދަމާ އިން ފެށިގެން ބަދަލުކުރެވިފައިވާ ކަމަށެވެ.
މީގެ ކުރިން އެ އޮފީހުގެ މަސައްކަތުގެ ގަޑިއަކީ ހެނދުނު 8:00 އިން 4:00 އެެވެ.
ރަސްމީ މަސައްކަތުގެ ގަޑިއަށް ބަދަލު އާއި ނަމަވެސް، އިދާރާއިން ދެމުންގެންދާ އެންމެހައި ޚިދުމަތްތައް މިހާރުވެސް ދެމުންދާ ގަޑިތަކުގައި، އާންމުންނަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.



