ސްރީލަންކާގެ ކުރުނޭގަލޭ ވެހެރާގައި ހުރި ފިއުލް ސްޓޭޝަނެއްގައި ރޯވެ ހަތަރު މީހުން މަރުވެއްޖެއެވެ.
ރޭ ދަންވަރު ހިނގި މިހާދިސާގައި ފިއުލް ސްޓޭޝަންގެ މެނޭޖަރު ހިމެނޭ ގޮތަށް 4 މީހުން މަރުވެ، އިތުރު 4 މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ސްރީލަންކާގެ ފުލުހުން ބުނި ގޮތުގައި މި އެކްސްޕްލޯޝަން ހިނގީ ރޭ ގާތްގަނޑަކަށް 11 ޖަހާއިރުގައި ލޮރީއެއް ގޭސް އަޅަން އައި ވަގުތުއެވެ. 6،000 ލީޓަރުގެދެ ބޮޑު ގޭސް ޓޭންކުގެ ތެރެއިން އެއް ޓޭންކަށް ގޭސް އަޅަމުންދަނިކޮށް އެކްސްޕްލޯޑްވެ، އަލިފާންރޯވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ގޭސް ގެންގުޅުމުގެ ރަނގަޅު ތަމްރީނެއް ނެތް މުވައްޒަފެއްގެ ފަރުވާ ކުޑަކަމުން ކަމަށެވެ.
އަދި މަރުވި މީހުންގެ ތެރޭގައި ހިމެނޭ މެނޭޖަރާއި އެހެން މުވައްޒަފުން މަރުވެފައިވަނީ ޓޭންކަށް ގޭސް އަޅަމުންދަނިކޮށް އެކްސްޕްލޯޑްވުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.
ކުރުނޭގަލަ މުނިސިޕަލް ކައުންސިލްގެ ފަޔަރ ފައިޓަރުންނާއި، ފުލުހުންނާއި، ސިފައިންގެ އެހީގައި ދޮޅު ގަޑިއިރާއި ދެ ގަޑިއިރާ ދެމެދުގެ ވަގުތެއްގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
މި ހާދިސާއާ ބެހޭގޮތުން ފުލުހުން ދަނީ އިތުރު ތަހުގީގުތަށް ކުރަމުންނެވެ.




