އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމަށް ޔާސީން ހުސެއިން އައްޔަނުކޮށްފި އެވެ.
ޔާސީން އެ މަގާމަށް އައްޔަނުކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ބޯޑުން މިރޭ އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ.
ޔާސީނަކީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓެންޓެވެ.
އެމްޓީސީސީގެ ބޯޑު އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ސަރުކާރުން އައްޔަނުކުރާ ފަސް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ ދެ މެންބަރުންނެވެ.
އެމްޓީސީސީގެ ބޯޑުން މެންބަރެއްގެ މަގާމު ހުސްވީ، އެ ބޯޑުގައި ކުރިން ހުންނެވި، ސިނާން އަލީ، އެ ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ)ގެ މަގާމަށް އައްޔަނުކުރެއްވުމުންނެވެ.
އެމްޓީސީސީގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު އަފީފް ހުސެއިން އެވެ.



