ހުޅުމާލޭގެ މުދާ ޖެޓީ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީއިން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގެ މުދާ ޖެޓީ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެހެންކަމުން އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ އިރު އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން 14 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ 00:00 ގެ ކުރިން އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގާފައިވެއެވެ.
އެޗްޑީސީއިން ބުނީ، އެ މުއްދަތުގައި އެ އުޅަނދުތައް ނަގާފައި ނުވާނަމަ އުޅަނދުތަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެ ކުންފުނިން ނުނަގާނެ ކަމަށެވެ.




