ވިލިމާލޭގައި ޕާކުކޮށްފައި ހުރި ބެޓްރީ ސައިކަލެއްގައި އަލިފާން ރޯވެއްޖެއެވެ.
މި ހާދިސާ ހިނގީ މިރޭ 9:15 ހާއިރުއެވެ.
މި ހާދިސާއާ ގުޅިގެން ވިލިމާލޭ ފުލުހުންނާއި ރައްޔިތުން ގުޅިގެން ވަރަށް އަވަހަށް ހުޅު ނިއްވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، މިހާރު ވަނީ އަލިފާން ނިއްވާލައިފައެވެ.
ވިލިމާލޭ ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އަދި މި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.




