މެލޭޝިއާފެ ކުރީގެ ބޮޑުވަޒީރު އަބްދުﷲ ބަދާވީ އަވަހާރަވެއްޖެ އެވެ.
ބަދާވީ އަވަހާރަވި އިރު އުމުރަކީ 85 އަހަރެވެ.
މީޑިއާތަކުން ބުނާ ގޮތުގައި އަބްދުﷲ ބަދާވީ އަވަހާރަވި އިރު، ޑިމެންޝިއާ އަށް ފަރުވާ ހޯއްދަވާތާ ވެސް ގިނަ ދުވަސްތަކެއްވެފައިވެއެވެ.
އަވަހާރަވީ ސިއްހީ ހާލު ދެރަވެގެން އިއްޔެ ކުއާލާ ލަމްޕޫރްގެ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދަނިކޮށެވެ.
މެލޭޝިއާގެ ފަސްވަނަ ބޮޑުވަޒީރު އަބްދުﷲ އަހުމަދު ބަދަވީ ވަނީ ވެރިކަމާ ހަވާލުވި އިރު ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދުގެ ވެރިކަމަށްފަހު ގައުމު އޮތް އަނދަވަޅަކުން ނަގައި އާންމު ދިރިއުޅުން ހަމައަކަށް އެޅުމުގައި ބޮޑުދައުރެއް އަދާކުރައްވައިފައެވެ.
ބަދާވީ މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2003-2009 އަށެވެ.


