ފާތިމަތު ނަހުލާގެ އަސަރުގަދަ ފިލްމު ”ސޮރީ“ ގެ ޓިކެޓު މިއަދު ވިއްކަން ފަށާނެއެވެ.
މަޝްހޫރޫ ގިނަ ތަރިންތަކެއް ބައިވެރިވާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.
މި ފިލްމުގައި އުޅޭ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަމް އައްޒާ އީސާ (އާނަންދު)، ކުރީގެ އެކްޓަރު ހުސައިން ސޮބާ، ޝީލް ނަޖީބު، މަރިޔަމް ނިޝާ، ވާޝިޔާ މުހައްމަދު އަދި އަހުމަދު ޝާރިފް ހިމެނެއެވެ.
ފިލްމުގެ ޓިކެޓު ބުކިންގ ފެށުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު 13:00 ގައި ކަމަށް ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފައިވެއެވެ.
އަދި ޓިކެޓު ބުކްކުރުމަށް ގުޅަންޖެހޭނީ 7844422 ނަންބަރަށެވެ.
ޕްރިމިއާ ނައިޓުގެ ޓިކެޓުގެ އަގަކީ 250 ރުފިޔާއެވެ. އަދި އެހެން ޝޯތަކުގެ ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ 150 ރުފިޔާ އަށެވެ.
ފާތިމަތު ނަހުލާގެ ފިލްމުތަކަކީ އަބަދުވެސް މަޝްހޫރު ތަރިން ބައިވެރިކޮށްގެން ހަދާ އަދި ގިނަ ބަޔަކު ބަލާ ރީތި އަސަރު ގަދަ ކާމިޔާބު ފިލްމުތަކެކެވެ.
”ސޮރީ“ އަކީވެސް ގިނަ ބަޔަކު ބެލުމަށް އިންތިޒާރުކުރާ ފިލްމެއްކަން ފާހަގަކުރެވެއެވެ.




