މާލޭ ސިޓީ ކައުންސިލުން މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލާޝިޕް ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފުރުސަތުތައް ހުޅުވާލާފައިވަނީ ހެލްތު ކެއަރ، ކޮންސްޓްރަކްޝަން، ތަޢުލީމީ ދާއިރާ، އައިޓީ، ރީޓެއިލް އަދި އެގްރިކަލްޗަރ ހިމެނޭ 6 މައިގަނޑު ދާއިރާއަށެވެ.
މާލެ ސިޓީ ކައުންސިލުން ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައި ބުނީ މި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްދާނީ ޕާކިސްތާނުގައި 12 އާއި 24 ހަފްތާގެ މުއްދަތަށް ކަމަށެވެ. ސްކޮލަރޝިޕްގެ ދަށުން ދަތުރު ޚަރަދާއި، ހުރުމާއި ކެއުމުގެ ޚަރަދު އަދި ކޯސް ފީ ލިބޭނެއެވެ.
މި ފުރުސަތުތަކަށް ކުރިމަތިލެވޭނީ މާލެ ސިޓީގައި ރަށްވެހިވެފައިވާ، 18 އާއި 35 އަހަރާ ދެމެދުގެ، ގްރޭޑް 10 ނިންމާފައިވާ، އިނގިރޭސި ބަހުން މުޢާމަލާތުކުރަން ދަންނަ ފަރާތްތަކަށެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.
އަދި އިންޓަވިއުތަކަށްފަހު ހޮވޭ 50 ފަރާތުގެ ނަން 25 އޭޕްރީލް 2025 ގެ ކުރިން އިޢުލާންކުރެވޭނެއެވެ.




