ޤައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ގައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށެވެ. އަދި ގައުމެއްގެ ގޮތުގައި ދިވެހިންނަށް ދެމިތިބެވޭނީ އެ އަގުހުރި ތަރިކަ ހިމާޔަތްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
”ޤައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް. ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން.“ ރައީސް ވިދާޅުވިއެވެ.
1982 ވަނަ އަހަރުގައި ބޭއްވުނު ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ގެ ޢާއްމު ބައްދަލުވުމުގައި ނިންމުނު ގޮތަށް، ކޮންމެ އަހަރެއްގެ 18 އޭޕްރީލް ފާހަގަ ކުރެވެމުން އަންނަނީ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ގޮތުގައެވެ.
ނުވަތަ އިންޓަރނޭޝަނަލް މޮނިއުމެންޓް އެންޑް ސައިޓްސް ޑޭ ނުވަތަ ވޯލްޑް ހެރިޓޭޖް ޑޭގެ ގޮތުގައެވެ.



