އިނގިރޭސި ޕްރިމިއާ ލީގުގެ ޑިފެންޑިންގ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން މޮޅުވެއްޖެއެވެ.
މި މޮޅުވުމާއެކު ސިޓީ ވަނީ މި އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުންމީދު އިތުރަށް އާކޮށްފައެވެ.
މި ވަގުތު ސިޓީ އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައި 58 ޕޮއިންޓާ އެކުގައެވެ. އެއީ ނޮޓިންހަމް ފޮރެސްޓް، އެސްޓަން ވިލާ އަދި ޗެލްސީ ފަދަ ވާދަވެރި ޓީމުތަކާ ވަރަށް ކައިރި ހިސާބެކެވެ.
ފަސްވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 32 މެޗުން 57 ޕޮއިންޓް ލިބިފައިވާ އިރު، ރޭ ކުޅުނު މެޗުން މޮޅުވެ އެސްޓަން ވިލާ އޮތީ ހަވަނައިގައެވެ. އެއީ 33 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީވެސް ގަދަ ފަހަކަށް ވާދަކުރަމުން އަންނައިރު، އެޓީމަށް 32 މެޗުން ލިބިފައި ވަނީ 54 ޕޮއިންޓެވެ.
މި ޓީމުތަކުގެ މެދުގައި ޗެމްޕިއަންސް ލީގުގެ ޖާގައަށް ވަރުގަދަ ވާދައެއް ކުރިއަށްދެއެވެ.
ސިޓީން ރޭ ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު އެއްވަރުވެފައި އޮވެ، ފަހު ވަގުތުތަކުގައި ނިކޯ އޮރެއިލޭ އަދި މަޓެއޯ ކޮވަސިޗް ޖެހި ދެލަނޑުން ސިޓީ މޮޅުކޮށްދިނެވެ.




