މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.
ޖަލްސާ ކެންސަލް ކުރިކަން މެމްބަރުންނަށް މެސެޖަކުން އެންގި ނަމަވެސް ކެންސަލް ކުރި ސަބަބެއް އަންގާފައެއް ނުވެ އެވެ.
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިން ޖަލްސާ މިދިޔަ ހަފުތާގައި ބޭއްވި ނަމަވެސް އޭގެ ކުރީ ހަފުތާގައި ބޭއްވީ އެންމެ ޖަލްސާއެކެވެ. ޖަލްސާތައް ކެންސަލް ކުރާތީ ބައެއް މެމްބަރުން ވަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ނަމަވެސް ކޮމިޓީތަކުން މަސައްކަތްތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ.




