އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
އެމްޓީސީސީއިން ބުނީ ޓެކްނިކަލް އެސިސްޓެންޓް، ކާޕެންޓަރު އަދި މޭސަންގެ މަޤާމުތަކަށް ޖުމްލަ 60 މުވައްޒަފުން ބޭނުންވާ ކަމަށެވެ.
އަދި ކޮންމެ މަޤާމަކަށް 20 މުވައްޒަފުން ހޯދުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.
އެމްޓީސީސީއިން ބުނިގޮތުގައި ޓެކްނިކަލް އެސިސްޓެންޓްގެ މަޤާމަށް އަސާސީ ތަޢުލީމު ހާސިލުކޮށްފައިވާ ކޮންމެ ދިވެއްސަކަށްވެސް ކުރިމަތިލެވޭނެއެވެ. ނަމަވެސް ކާޕެންޓަރު އަދި މޭސަންގެ މަޤާމުތަކަށް ކުރިމަތިލެވޭނީ އެ ދާއިރާއިން 2 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
މުސާރައިގެ ގޮތުގައި ޓެކްނިކަލް އެސިސްޓެންޓުންނަށް 10,000 ރުފިޔާ، ކާޕެންޓަރުންނާއި މޭސަނުންނަށް 11,400 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގެ ފައިސާ، މެޑިކަލް އިންޝުއަރެންސް، ޕެންޝަން އަދި ކެއުމާއި ހުރުމުގެ އިންތިޒާމުވެސް ހަމަޖައްސައިދެވޭނެއެވެ.
ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށް އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވިފައިވެއެވެ.



