ބާސެލޯނާގެ ސްޓްރައިކަރ ރޮބަޓް ލެވަންޑޯސްކީއަށް އަނިޔާވެ، ތިން ހަފްތާ ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.
މީގެ ސަބަބުން މުހިއްމު މެޗުތަށް އަދި ކޮޕާ ޑެލްރޭގެ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެ ކަން ބާސާއިން ވަނީ ޔަގީންކޮށްދީފައެވެ.
ލެވަންޑޯސްކީއަށް އަނިޔާވީ އެންމެ ފަހުން ލަލީގާގައި ސެލްޓަ ވިގޯއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. 4-3 އިން ބާސެލޯނާ މޮޅުވި މި މެޗުގައި ލެވަންޑޯސްކީގެ ފަލަމަސްގަނޑަށް އުނދަގޫވުމުގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުނެވެ.
ބާސެލޯނާއިން މިހާރު ވަނީ ލެވަންޑޯސްކީއަށް އަނިޔާވެފައިވާ ކަން ކަށަވަރުކޮށްދީ، އަދި އޭނާ ކުޅުމާ ދުރުގައި ތިން ހަފްތާ ވަންދެން ހުންނަން ޖެހޭނެ ކަމަށް ބުނެފައެވެ.
ޕޮލެންޑްގެ ގައުމީ ޓީމުގެ ސްޓްރައިކަރ ލެވަންޑޯސްކީ ވަނީ މި ސީޒަންގައި ބާސާއަށް 48 މެޗު ކުޅެދީ، 40 ލަނޑު ޖަހައިފައެވެ.



