ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 54 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ފުލުހުން ބުނީ، މި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ އަމަލު ހިންގައި އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ އަމަލު ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 51 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ކަމަށެވެ.
އޭނާ ބަންދުގައި ތިން އަހަރު ހުރުމުން، އިތުރަށް ތަންޒީފުކުރަން ޖެހެނީ 51 އަހަރުގެ ޖަލު ހުކުމް ކަމަށް ހުކުމުގައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ 2022 ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 އިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމަައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 އޮކްޓޫބަރު 18 ވަނަ ދުވަހުގައި ކަމަށެވެ.




