މިދިޔަ މާޗް މަހު ކުޑަކުދިންނާ ގުޅޭ 65 މައްސަލަ ހުށަހެޅިފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ނެރުނު ތަފާސް ހިސާބުގައިވާ ގޮތުގައި ޖިސްމާނީ އަނިޔާގެ 16 މައްސަލައާއި، ޖިންސީ ހާނިއްކައިގެ 14 މައްސަލަ، އިހުމާލުގެ 12 މައްސަލައާއި، ގެވެށި އަނިޔާ ފެނުމުގެ 8 މައްސަލަ، އަދި ނަފްސާނީ ހާނިއްކައިގެ 7 މައްސަލަ ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، ބްލެކްމެއިލްގެ 3 މައްސަލައާއި، ކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ 2 މައްސަލަ، އަދި ގަނާކުރުމުގެ 2 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ 2 މައްސަލައެއްވެސް ހުށަހެޅިފައިވެއެވެ.
މުޅި މާޗް މަހު ވުޒާރާއަށް 1800 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވެއެވެ. މީގެ ތެރޭގައި އާއިލީ 26 މައްސަލައާއި، ކުޑަކުދިންގެ އަހްލާގީ 15 މައްސަލައާއި، އަނިޔާގެ 40 މައްސަލަ ހިމެނެއެވެ.
އަދި އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 16 މައްސަލައާއި، އެހެނިހެން އިޖުތިމާއީ މައްސަލަތައް ހިމެނެއެވެ.
ވުޒރާއިން ބުނީ މާޗް މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 164 ކުދިން ތިބިއިރު، ވުޒާރާގެ ހެލްޕްލައިންތަކަށް 1783 ކޯލު ލިބިފައިވާ ކަމަށެވެ.



