މާލެ ބަހުގެ ހިދުމަތުގައި ހިމެނޭ 2 ރޫޓެއްގެ ދަތުރުތައް މިރޭ މެދު ކަނޑާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ، 29 އޭޕްރީލް 2025 ވާ އަންގާރަ ދުވަހު މާލެ ސިޓީ ކައުންސިލުން އޯކިޑް މަގު ބަންދު ކުރުމަށް ހަމަޖެހިފައިވުމާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުން ދެއްވާފައިވާ އިރުޝާދާއި އެއްގޮތަށް އެމްޓީސީސީން ފޯރުކޮށްދެމުންދާ މާލެ ބަހުގެ ހިދުމަތުގައި ހިމެނޭ ރޫޓް R10 އަދި R11 ގެ ދަތުރު ތައް މިރޭ 19:00 އިން ފެށިގެން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް މި ހިދުމަތް އަލުން ފަށާނެ ތާރީހެން އެމްޓީސީސީން އަދި ބުނެފައެއް ނުވެއެވެ.



