ދ. ކުޑަހުވަދޫގައި ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ އެންމެ ފަހުގެ މައުލޫމާތު އާރްޑީސީން ދީފިއެވެ.
އާރްޑީސީން ބުނީ، މިހާރު ކުރެވެމުން ދަނީ އޯކިޑް މަގު އަދި ފަރީދީ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި، އާކުރި މަގުގައި ކޭބަލް ޖަންކްޝަން ބެހެއްޓުމަށް މަގު ކޮނުމާއި ހޮޅި އެޅުމުގެ މަސައްކަތް ކަމަށެވެ.
ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ.
މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިއީ 122 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.




