ނޯތް ޕޮލިސް ރީޖަން (ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި، 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަށް ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ނޯތް ޕޮލިސް ރީޖަން (ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަޤާމެއްގައި ތިބި ބަޔަކު އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް 2025 ޖެނުއަރީ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާއި ގުޅުން ހުރި އިދާރާތަކާއި އެކު މައްސަލަ ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.



