މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، މިރޭ 20:35 ހާއިރު ސަބްދެލިމަގު ޗާންދަލިއަރ ކައިރީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލަދީ ޒަހަމް ކޮށްލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، ޒަހަމް ވެފައިވާ މީހާ އަކީ މަސްތުވާ ތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ގެންދަނީ ބަލަމުންނެވެ.



