އިންޑިއާގެ އަސްކަރީ މަނަވަރު ”އައިއޯއެސް ސާގަރު“ ރާއްޖެ އަތުވެއްޖެ އެވެ.
މި މަނަވަރު ރާއްޖެ އައީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާ ނޭވީން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ދަށުންނެވެ.
މި މަނަވަރު ރާއްޖެއަށް ޒިޔާރަތްކުރުމާ ގުޅިގެން ރަސްމިއްޔާތެއް ބާއްވާ ދިވެހި ކޯސްޓްގާޑުން ވަނީ އިންޑިއާ ނޭވީއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
މި މަނަވަރުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ނުވަ ގައުމެއްގެ ފަޅުވެރިން ބައިވެރިވެއެވެ. އެގޮތުން އިންޑިއާ، ދިވެހިރާއްޖެ، ސްރީ ލަންކާ، މޮރިޝަސް، މޮޒަމްބިކް، ސީޝެލްސް، ކޮމޮރޮސް، ކެންޔާ އަދި ޓެންޒޭނިއާގެ ފަޅުވެރިން މި މަނަވަރުގައި ހިމެނެއެވެ.

މަނަވަރުގައި ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރޭގައި އެކި ބާވަތުގެ ތަމްރީނުތަކާއި، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލެހެއްޓުމުގެ އޮޕަރޭޝަންތައް ހިމެނެއެވެ.



