ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަމުން ދަނިކޮށް ހާލު ސީރިއަސްވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ފުލުސް މީހާ ނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖުގައި ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ގާއިސް ހާލުދެރަވެ އައިޖީއެމް ހޮސްޕިޓަލް ގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.
ވާނީގައި ހުންނަ ޓްރެއިނިން ސެންޓަރުގައި ތަމްރީން ހަދަމުންދިޔަ ޕޮލިސް ކޮންސްޓަބްލް ޙުސައިން ގާއިސް (34އ) ހާލު ދެރަވެގެން ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިދިޔަ އާދީއްތަ ދުވަހެވެ.
އަދި އިތުރު ފަރުވާ ދިނުމަށް ގާއިސް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުން ދިޔައެވެ.
އައިޖީއެމްއެޗް އިން ބުނިގޮތުގައި އޭނާ ނިޔާވީ މިއަދު ހަވީރު 4:40 ހާއިރުއެވެ.




