މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ފ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.
ފ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއަށް ހުދު ސަމާލު ނެރުނީ 18:30 އިން މިރޭ 12:30 އަށެވެ.
މެޓުން ބުނީ މި ވަގުތު ތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރު ކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާ ކަމަށް މެޓުން ކުރިން ބުނެފައިވެއެވެ.
މެޓުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދާއި މާދަމާއަށް ވިއްސާރަ ކުރާނެކަމަށާއި، ބައެއް ސަރަހައްދުތަކަށް އުދަވެސް އަރާފާނެކަމަށެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.




