މިއަހަރުގެ މާރިޗު މަހުގެ (ރަމަޟާން މަހުގެ) ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓު ބިލަށްވެސް ވަނީ ޑިސްކައުންޓު ދީފައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އޭޕްރިލް މަހަކީ ހޫނުގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން މި ނިންމުން ނިންމާފައިވާ ކަމަށެވެ.
މި ޑިސްކައުންޓްގެ ސަބަބުން، އޭޕްރިލް މަހުގެ ކަރަންޓު ބިލުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލުތަކުގައި ފައިސާގެ އަދަދު ހުންނާނީ މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާ އެއް އަދަދެއްގައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓްލްކޯއިން ބުނީ، މި ޑިސްކައުންޓަކީ ރައްޔިތުންނަށް ލިބޭ ބޮޑު ލުޔެއް ކަމަށާއި، ޚާއްޞަކޮށް ހޫނުގަދަ މޫސުމުގައި ކަރަންޓު ބިލު ބޮޑުވުމުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ގެނެސްދިނުމަށް ދިން ޑިސްކައުންޓެއް ކަމަށެވެ.



