ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް މިއަދު ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ މެޓް އިން މި ހުދު ސަމާލު ނެރެފައި ވަނީ މެންދުރު ފަހު 1:15 އިން ފެށިގެން އިރުއޮއްސި 6:15 އާ ހަމައަށެވެ.
އެގޮތުން އެ ވަގުތުގެ ތެރޭގައި ގަޑިއަކު 19-24 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެ ކަމަށް (މެޓް) އިން ކުރިން ވަނީ ލަފާކޮށްފިއެވެ.
މެޓުން ބުނިގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް ހާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.



