ނ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ނެރު ކައިރިން ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެއެވެ.
މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކުރެވިފައިވަނީ ރޭ 22:30 ގައި ކަމަށް ފުލުހުންގެ ބުނެފައިވެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ 30 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ކަނާތް އުޅަނބޮއްޓާ ހަމައަށް ބުރިވެ، ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިތުރު ފަރުވާ ދިނުމަށްޓަކައި އޭނާ ވަނީ މާލެ ގެނެވިފައެވެ. މިވަގުތު އޭނާއަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ އަހަރު ވަނީ އދ. އަތޮޅުގައިވެސް ލޯންޗުން ޖެހި މަރުވެ، ދެ ހާދިސާ ހިނގައިފަ އެވެ.
އދ. އަތޮޅު ރިސޯޓެއް ކައިރީ މޫދަށް އެރި އުޅުނު ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހިގެން މަރުވިއިރު، އެ އަތޮޅުގެ ރަށެއް ކައިރީގައި މޫދަށް އެރި އުޅުނު ބިދޭސީއަކު ވަނީ ލޯންޗެއްގައި ޖެހި މަރުވެފަ އެވެ.



