ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެެރިކަމަށް އެދިއްޖެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، އެމް.ޕީ.އެލް ޓަވަރުގެ އެޕާޓްމަންޓަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެ މީހުންނެވެ.
އަދި ފުލުހުން ވަނީ އެދެމީހުން ވައްކަން ކުރާ ކަމަށް ބެލެވޭ ވީޑިއޯއެއް އާންމުކޮށްފައެވެ.
ވައްކަމުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ފޭސް 2 ޕޮލިސްގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެންhttps://t.co/iJS2IUawf6 pic.twitter.com/5lDpRa20I0
— Maldives Police (@PoliceMv) May 15, 2025
ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ފޭސް 2 ޕޮލިސްގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށެވެ.
އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.



