ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީން) ރާއްޖޭގެ ހަތަރު ރަށެއްގައި ކުރިއަށް ގެންދާ އެކި މަޝްރޫޢުތަކުގެ މަޢުލޫމާތު ހާމަކޮށްފިއެވެ.
އާރުޑީސީން ހިއްސާ ކުރި މަޢުލޫމާތުގައި ވާ ގޮތުން ހއ.ދިއްދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ޣާޒީ މަގުގައި ސްޓޯރމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތް ކުރެވުނުވެ.
އަދި ދ.ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ސައީމާ ހިނގުމުގައި ދުވާރުގެ މަސައްކަތާއި އޯކިޑް މަގުގައި ކޯނާރ ކާބު ސްޓޯން ޗްމްފަރ ޖެހުމުގެ މަސައްކަތް ކުރެވުނު ކަމަށް އާރްޑީސީން ބުނެފައިވެއެވެ.
އާރްޑީސީން ބުނިގޮތުގައި ށ. ހޮޅުދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ހަސަންކަލޭފާނު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރެވުނެވެ.
މީގެ އިތުރުން އާރްޑީސީން ބުނީ ހދ. ކުޅުދުއްފުށި މަގުހެދުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ދަނީ ރަންކޮކާ މަގާއި، ދޮން އުމަރު ކަލޭފާނު މަގުގައި ޕޭވިންގްގެ މަސައްކަތް ކަމަށެވެ.
އާރްޑީސީން ބުނީ މި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާއިރު، ފެން ހިންދުމުގެ ނިޒާމު ގާއިމްކުރާނެ ކަމަށެވެ.
އަދި މަގުހަދާ ނިމޭއިރު މަގުތަކުގައި ނިޝާންތައް ކުރަހާ މަގުބައްތިވެސް ހަރުކުރާނެ ކަމަށެވެ.



