ޙާފިޡުކަމުގެ ސަނަދު ޚާސިލްކުރި ތިން ޙާފިޒަކާއި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ އެ ޙާފިޡުންނަށް މަރުޙަބާ ދަންނަވައި، ހިތްވަރު ދެއްވާފައެވެ.
މިގޮތުން މިނިސްޓަރު މިއަދު ބައްދަލުކުރައްވާފައިވަނީ އއ. މަތިވެރި، ޒަމާނީކުލައިގެ އަލްޙާފިޡް އިބްރާހީމް މުޠީޢު މުޙައްމަދާއި، ށ. މިލަންދޫ، ޗަމަންގެ އަލްޙާފިޡާ ޢާއިޝަތު ނައުޝާ އިސްމާޢީލް އަދި ސ. ހިތަދޫ، ޕޫލްވާރީގެ އަލްޙާފިޡާ މަޢުޞޫމާ މުޙައްމަދު އާއި އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ޙާފިޡުކަމުގެ ސަނަދު ޙާޞިލްކުރެއްވި ކަމަށްޓަކައި އެ ތިން ބޭފުޅުންނަށް މަރުޙަބާ ދަންނަވައި، ޤުރުއާނުގެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.



