ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ކުރިއަށްގެންދާ ބައެެއް މަޝްރޫއުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކޮށްފިއެވެ.
ހަތަރު ރަށެއްގައި ކުރެވެމުންދާ އެންމެ ފަހުގެ މަސައްކަތުގެ މައުލޫމާތު ހިއްސާ ކުރަމުން އާރްޑީސީން ބުނީ، ޕަބްލިކް ސެކެޓަރ އިންވެސްޓްމެންޓް ޕްރޮގޮރާމްގެ ދަށުން ޅ.ނައިފަރުގައި ކުރެވެމުން ދަނީ އެރަށުގެ މަގު ހެދުމުގެ މަޝްރޫއު ކަމަށެވެ.
އަދި ނައިފަރު ހޮސްޕިޓަލަށް އަލަށް އިތުރު ކުރާ އިމާރާތް އަދި ވޭސްޓް އެންޑް ރިސޯސް މެނޭޖް ކުރުމުގެ މަރުކަޒު ގާއިމު ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އަދި ވެހިކަލް އެރަށަށް ފޮނުވުމުގެ މަސައްކަތްވެސް ކުރެވުނު ކަމަށް އާރްޑިސީން ބުންނެވެ.
އާރްޑީސީން ބުނީ ބ. އޭދަފުށިގައި މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ގެދޮރު ވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާއި އެ ކޯޕްރޭޝަނާއި އެކު ސޮއި ކުރެވުނު ކަމަށެވެ.
އަދި ގ.ދ ގައްދޫގައި ޕަބްލިކް ސެކެޓަރ އިންވެސްޓްމެންޓް ޕްރޮގޮރާމްެގެ ދަށުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ސައިޓު ސާފު ކުރުމުގެ މަސައްކަތް ނިންމުނު ކަމަށް އާރްޑިސީން ބުނެފައިވެއެވެ.
އާރްޑީސީން ބުނިގޮތުގައި ހ.އ އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އޯކިޑު މަގުގައި ދުވާރުގެ މަސައްކަތް އަދި ލެވެލިންގެ މަސައްކަތް ކުރެވުނެވެ.


