ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށްލި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދީފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހައްޔަރުކޮށްފައިވަނީ ނަސީމީވިލާ / ށ.މިލަންދޫ، އިސްމާޢީލް ސަމީމް (29އ)އެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި އެ ޕެނަލަށް ދީފައިވާ ގެއްލުމުގެ ސަބަބުން 7 ގެއަކުން ކަރަންޓު ކެނޑިފައި ވެއެވެ.



