ކުރިއަށް އޮތް ބޮޑު އީދު އައްޑޫގައި ކުލަގަދަކޮށް ފާހަގަ ކުރަން ތައްޔާރުވަމުން އަންނަ އިރު، ހިތަދޫ ސްޓޭޖް ތައްޔާރު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ފަށައިފިއެވެ.
މިނިސްޓްރީން ބުނީ، ސްޓޭޖް ތައްޔާރުކޮށް ހިޔާ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.
ހިތަދޫ ސްޓޭޖް ސަރަހައްދަކީ ހިތަދޫގައ ބާއްވާ ބޮޑެތި އިވެންޓްތައް އާންމުކޮށް ބާއްވާ ސަރަހައްދެކެވެ.
ބޮޑު އީދު ފާހަގަކުރަން ”އައްޑޫ އީދި ސަމާ 1466“ ގެ ނަމުގައި އަންނަ މަހުގެ 5-13 އަށް މުޅި އައްޑު އަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ބާއްވަން ކައުންސިލުން އޮތީ ނިންމައިފަ އެވެ.
އޭގެ ތެރޭގައި ހިތަދޫ ސްޓޭޖްގައި މިއުޒިކް ޝޯއެއް ބޭއްވުން ވެސް ހިމެނެ އެވެ. އެ ޝޯގައި ބޭރުގެ ބައެއް ފަންނާނުން ވެސް ޕަފޯމްކުރާނެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ މަހުގެ 7 އެވެ.




